ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް ޝިފާއު އައްޔަން ކުރައްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމާއި ރައީސް ކަމަށް އަހުމަދު ޝިފާއު އައްޔަން ކުރެއްވުމަށްފަހު މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލް ޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް ގާނޫނީ ވަކީލު އަހުމަދު ޝިފާއު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށާއި އެ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް ގދ. ފަރެސް މާތޮޑާ ރޭއަލިވާގެ، އަހްމަދު ޝިފާއު އައްޔަން ކުރައްވާފައިވާ ކަަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝިފާއުއަށް ޓްރައިބިއުނަލްގެ މެމްބަރު ކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

މިހާތަނަށް ޝިފާއު ހުންނެވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ލީގަލް އޮފިސަރެއްގެ މަގާމުގައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމް ހުސްވީ ކުރިން އެ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމްގައި ހުންނެވި ހުސައިން ފާއިޒު ރަޝާދު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރުމުންނެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ގައި ތިއްބަވަނީ ޖުމަލަ ފަސް މެމްބަރުންނެވެ. އެއީ މިއަދު އެ ޓްރައިބިއުނަލްގެ ރައީސް ކަމަށް އައްޔަން ކުރެއްވި ޝިފާއުގެ އިތުރުން، އެ ޓްރައިބިއުނަލްގެ ނައިބު ރައީސް އާއިޝަތު ފިޒްލީން، މަރިޔަމް ޝަމްޢާ އިބްރާހީމް، މަރްޔަމް މުނާ އަދި މަރިޔަމް ރިޝްފާ އެވެ.

comment ކޮމެންޓް