ލަންދުއަށް އާ ޖަނަރޭޓަރެއް ގެނެސް ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

ލަންދޫއަށް އަލަށް ގެނައި ޖަނެރޭޓަރު-- ފޮޓޯ: ލަންދޫ ކައުންސިލް

ނ. ލަންދުއަށް އާ ޖަނަރޭޓަރެއް ގެނެސް އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްފިއެވެ.

ލަންދޫ ކައުންސިލްގެ ރައީސް ޝިނާން އަބްދުލް ޣަނީ "ސަން" އަށް ވިދާޅުވީ މިއަހަރު ފެށުނުއިރުވެސް ކަރަންޓުގެ ޚިދުމަތް ދޭތެރެ ދޭތެރެއިން ކެނޑެމުން ދިޔަކަމަށެވެ.

" މިހާރު އެއާކޯނާ އެއްޗެތި ރަށުގައި ގިނަވުމުގެ ސަބަބުން ކަރަންޓުގެ ލޯޑު ވަނީ ވަރަށް ބޮޑުވެފައި. ދޭތެރެ ދޭތެރެއިން ކަރަންޓު ބޮޑުވެގެން އިންޖީނަށް މައްސަލަތައް ދިމާވެގެން އިންޖީނު ހަދަމުން ދިޔައީ. ދެން ހަމަ އަބަދުވެސް ވަނީ މަރާމާތު ކުރާވަރު،" ޝިނާން ވިދާޅުވިއެވެ.

ޝިނާނު ވިދާޅުވީ އެރަށުގައި ކަރަންޓުގެ ޚިދުމަތް ދޭ ފެނަކައިން ބުދަ ދުވަހު ގެނައި ޖަނެރޭޓަރާއެކު ކަރަންޓުގެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ.

އާބާދީގައި 700 މީހުން ދިރިއުޅޭ ލަންދޫގައި ކުރިން ކަރަންޓު ދެމުންގެންދިޔައީ 78 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް ބޭނުންކޮށްގެންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި އެރަށުގައި ޕީކް ލޯޑްގެ ގޮތުގައި ދުވާލަކު 164 ކިލޯ ވޯޓު ޖެހެއެވެ.

comment ކޮމެންޓް