"ދަ ސީޖީ އެފަޓްސް އެވޯޑު 2019"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ގޯލްޑް 100 ގާލާ ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭޖް (އެމްއެސްއީ) އިން ކޯޕަރޭޓް މޯލްޑިވްސްއާ ގުޅިގެން "ދަ ސީޖީ އެފާޓްސް އެވޯޑް" އަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ އެވޯޑު ތައާރަފް ކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އަދި އެ އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނި އަންނަނ އަހަރު ކޯޕަރޭޓް މޯލްޑިވްސް އިން ބާއްވާ "ގޯލްޑް 100 ގާލާ 2019" ގަ އެވެ.

ސީއެމްޑީއޭ އިން ބުނީ، އެ އެވޯޑުގެ މަގްސަދަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުންފުނިތަކުގެ މެދުގައި ކޯޕަރޭޓް ގަވާނަނަސް ޕްރޮމޯޓް ކުރުމާއި ކޯޕަރޭޓް ގަވާނަނަސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުންފުނިތަކުގެ ހިންގުން ބައްޓަންކޮށް ހަރުދަނާ ކުރުމަށް ކުންފުނިތަކުން ކުރާ މަސައްކަތް ދެނެގަތުމާއި އެ މަސައްކަތައް ތަރުހީބު ދިނުމާއި އެފަދަ މަސައްކަތްތަކުގެ އަގުވަޒަން ކުރުން ކަމަށެވެ.

އެ އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ގޯލްޑް 100 ލިސްޓްހައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން އެމްއެސްއީގައި ލިސްޓްކޮށްފައިވާ ކުންފުނިތަކާއި ލިސްޓް ނުކުރާ ކުންފުނިތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.

އެވޯޑަށް އެދި ކުރިމަތިލާ ފޯމް ސީއެމްޑީއޭގެ ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އެވެ. އަދި އެޕްލިކޭޝަށް ފޯމް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ސީއެމްޑީއޭ އިން ބުންޏެވެ.

comment ކޮމެންޓް